Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޔާމީން ދޫކޮށްލުމަށް ގޮވާލާ އިހްތިޖާޖު ކުރަނީ

މަނީ ލޯންޑްރިންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާންގެ ސަޕޯޓަރުން އިހްތިޖާޖު ކުރަން ފަށައިފިއެވެ.

ޕީޕީއެމް ކޯލިޝަނުން އިންތިޒާމް ކުރި މި އިހްތިޖާޖުގެ ބައިވެރިން ދަނީ ކާނިވާ ސަރަހައްދުގައި ތިބެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލަމުންނެވެ. މި އިހްތިޖާޖުގައި ޕީިޕީއެމް ޕީޖީ ލީޑަރ ނިހާން އާއި ޕީއެންސީ ލީޑަރ އަބްދުﷲ އަބްދުއް ރަހީމް އާއި ޕީޕީއެމް ކޯލިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ނިހާން މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ އިހްތިޖާޖުގެ ބައިވެރިން ކާނިވާ ސަރަހައްދުގައި ތިބެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާނެކަމަށެވެ. އަދި އެއްވެސް ގޮތަކަށް މަގުތަކަށް ނިކުމެ ރަށުތެރެ ހަލަބޮލި ކުރުމަށް މަސައްކަތެއް ނުކުރާނެކަމަށެވެ.

ރައީސް ޔާމީން ހައްޔަރުކޮށް އިއްޔެ ހަވީރު މާފުށީ ޖަލަށް ގެންދިޔަ އިރުވެސް އެކަމާއި ދެކޮޅަށް އަޑު އުފުލަން ނިކުމެފައިވަނީ މަދު ބައެކެވެ.