Last Updated: April 24, 10:23
Wednesday, April 24, 2024
ޚަބަރު

ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސް އަޅާ ވީޑިއޯއެއްް އާއްމުވެއްޖެ

* ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަކީ ކުށެއް
* ވެހިކަލް ހުއްޓުވަން އުޅުނީ ހުރިހާ އެންމެންގެ ސަލާމަތަކަށް: ނިހާން
* ނިހާނަށް އަމާޒުކޮށް ބޮޑެތި ފާޑު ކިއުންތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް ކޯލިޝަނުން ރޭ ކުރިއަށްގެންދިޔަ އިހްތިޖާޖުގެ ތެރެއިން ޕީޕީއެެމް ޕީޖީ ގްރޫޕް ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ފުލުހުންެގެ ވެހިކަލަކަށް ހުރަސް އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އާއްމުވެފައިވާ ވީޑިއޯގައި ފެންނަނީ މުޒާހަރާ ނިހާން އާއި އިތުރު ބައިވެރިން އިހްތިޖާޖު ނިންމާލުމަށްފަހު ދިޔަ މަގުމަތީގައި ބޮޑުތަކުރުފާނު މަގުގައި އޮތް ފުލުހުންގެ ވެހިކަލަކަށް ހުރަސް އެޅުމަށް އެވެހިކަލްގެ ފުރޮޅު ދަށައް ނިހާނު ގަލެއް ލައްވާ މަންޒަރެވެ. އަދި ގާބުރި ލެއްވުމަށްފަހު އަތުގެ އިޝާރާތުން ބައިވެރިން ކުރިއަށް ދިއުމަށް ނިހާން އަންގަވައެވެ.

އެ ވީޑިއޯ އާންމުވެ ނިހާނުއަށް ފާޑުކިއުން އަމާޒުވުމާއި ގުޅިގެން އޭގެ ކުޑަ އިރުކޮޅެއް ފަހުން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ވެހިކަލެއް ރައްޔިތުންތަކެއްގެ ތެރެއަށް ވަދެ ފަހަތަށް ދުއްވަން އުޅެފިނަމަ، ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.

ފުލުހުންގެ ވެހިކަލަށް ހުރަސްއެޅި މަންޒަރު އާއްމުވެފައިވާ އިރު ގާނޫނީ އުގޫބާތުގައި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަކީ ކުށެކެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މުޒާހަރާ ކުރުން މަނާ ކޮށްފައިވަނިކޮށް ރައީސް ޔާމީން ހައްޔަރު ކުރުމާއި ގުޅިގެން އެމަނިކުފާންގެ ސަޕޯޓަރުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. އަދި އެއްވެ އަޑު އުފުލަމުން ފަށާފައިވާ އިރު ރައީސް ޔާމީން އައިޖީއެމްއެޗަށް އިއްޔެ ހަވީރު ގެނައުމުންވެސް ޕީޕީއެމް ސަޕޯޓަރުން ވަނީ އެސަރަހައްދަށް އެއްވެ އަޑު އުފުލާފައެވެ.