Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގެ މީހަކު ޒަޚަމްކޮށްލައިފި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

މިއަދު ހެނދުނު ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 7:00 އެހާކަށްހާއިރު ހިންގި މިމާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަށް ދިން ހަމަލާގައި އޭނާގެ އަތާއި މެޔަށް ވެސް ތޫނު ވަޅި ހަރާފައިވާއިރު ބޮލަށް ވެސް ވަނީ ހަމަލާ ދީފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދީފައިވާއިރު އެ ހޮސްޕިޓަލާ ހަވާލާދީ "އަވަސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު ވަނީ ސްޓޭބަލް ވެފައެވެ.