Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ފުލުހުންގެ ވެހިކަލަކަށް ނިހާނު ހުރަސް އެޅި މައްސަލަ ބަލަނީ

ފޮޓޯ/ ރާއްޖެއެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް ކޯލިޝަނުން ރޭ ކުރިއަށްގެންދިޔަ އިހްތިޖާޖުގެ ތެރެއިން ޕީޕީއެެމް ޕީޖީ ގްރޫޕް ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ފުލުހުންގެ ވެހިކަލަކަށް ހުރަސް އެޅި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރޭ އާއްމުވި ވީޑިއޯގައި ނިހާނު ފުލުހުންގެ ވެހިކަލެއްގެ ފޮރުޅު ދަށައް ގާބުރިއެއް ލައްވާ މަންޒަރު ފެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިހާނު ފުލުހުންގެ ވެހިކަލެއްގެ ދަށައް ގާބުރިއެއް ލެއްވި މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.

އެ ވީޑިއޯ އާންމުވެ ނިހާނުއަށް ފާޑުކިއުން އަމާޒުވުމާއި ގުޅިގެން އޭގެ ކުޑަ އިރުކޮޅެއް ފަހުން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ވެހިކަލެއް ރައްޔިތުންތަކެއްގެ ތެރެއަށް ވަދެ ފަހަތަށް ދުއްވަން އުޅެފިނަމަ، ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.

ފުލުހުންގެ ވެހިކަލަށް ހުރަސްއެޅި މަންޒަރު އާއްމުވެފައިވާ އިރު ގާނޫނީ އުގޫބާތުގައި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަކީ ކުށެކެވެ.