Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ލޭބާ ޕާޓީން 11 ދާއިރާއަށް ވާދަކުރަން ހުށަހަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބާ ޕާޓީ) އިން 11 ދާއިރާއަށް ވާދަކުރުމަށް ފޯމު ހުށަހަޅައިފިއެވެ.

ލޭބާ ޕާޓީގެ ރައީސް އަހުމަދު ޝިހާމް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ހަމަވި އިރު ޖުމްލަ 11 ދާއިރާއަށް ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ލޭބާ ޕާޓީން ވާދަކުރާ ދާއިރާތައް:

* ހުޅުމާލެ ދާއިރާ
* ވިލިމާލެ ދާއިރާ
* ހެންވޭރު ދެކުނު ދާއިރާ
* މާމިގިލި
* ކިނބިދޫ ދާއިރާ
* ގެމަނަފުށި ދާއިރާ
* ދާންދޫ ދާއިރާ
* އޭދަފުށި ދާއިރާ
* ނޮޅިވަރަން ދާއިރާ
* ހިންނަވަރު ދާއިރާ
* ފަރެސް މާތޮޑާ ދާއިރާ

އަންނަ މަޖްލިސް އިންތިހާބުގައި ލޭބަ ޕާޓީން ވާދަކުރަނީ އަދި މިހާތަނަށް އެއްވެސް ޕާޓީއަކާއި ކޯލިޝަން ހަދައިގެންނޫނެވެ.