Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

"ސާކް ޔޫތު ކޭމްޕް 2013" އަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ސާކުން 2010 ވަނަ އަހަރު ލަންކާގައި ބޭއްވި ކޭމްޕެެއްގެ ތެރެއިން.

އަންނަ ފެބްރުއަރީ މަހު އިންޑިޔާގައި ބާއްވާ "ހަތަރު ވަނަ ސާކް ޔޫތް ކޭމްޕް" ގައި ރާއްޖޭގެ ހަ ޒުވާނަކު ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ފެބްރުއަރީ 11-15 އަށް އިންޑިއާގެ ޓެމިނަލްނާޑޫ ސްޓޭޓްގެ ބިމަތަންގަލް އަދި ސްރިޕެރުމްބަޑާ ގައި ބާއްވާ ކޭމްޕްގައި ބައިވެރިވުމަށް 18-30 އަހަރާ ދެމެދުގެ ހަ ޒުވާނަކަށް ފުރުސަތު ދޭ އިރު ނަގާނީ ތިން ފިރިހެނުންނާއި ތިން އަންހެނުން ކަމަށެވެ.

ކޭމްޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 8 ގެ ކުރިން މާލޭގެ ޒުވާނުންގެ މަރުކަޒުގެ ކައުންޓަރަށް އެޕްލިކޭޝަން ފޯމާއި، ސީވީ އަދި ޕާސްޕޯޓްގެ ފޮޓޯކޮޕީ ހުށަހަޅަން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ޝައުގުވެރިވާ ޒުވާނުންނަށް މިކަމަށް ކުރިމަތިލެވޭ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެެވެ. އެހެން ނަމަވެސް ކޭމްޕަށް ބައިވެރިން ހޮވާއިރު އެކި ކަންކަމުގައި ޔޫތް މިނިސްޓްރީ އަށް ވޮލަންޓިއާކޮށްދީފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.