Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

246 މިލިއަން ރުފިޔާގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއެއް އައްޑޫގައި ފަށަނީ

އެންވައިރަމެންޓު މިނިސްޓަރ ޑރ. ހުސެއިން، ފޮޓޯ: މިހާރު

އައްޑޫ އާއި ފުވައްމުލަކު ކުނި މެނޭޖްކުރުމުގެ 246 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގުމަށް ސައުތުކޮރެއާގެ ކުންފުންޏަކާއި އެކު ކުރުމަށް ހަމަޖެހިފައިވާކަމަށް އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ހުސެއިން ހުޅުމީދޫ "ނަލަފެހި" ޖަމިއްޔާގެ އޮފީސް ހުޅުވުމަށް ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާން އައްޑޫއަށް ވަޑައިގެންނެވީ ކުނި މެނޭޖް ކުރުމުގެ ބޮޑު މަޝްރޫއުއެއް އިއްލާން ކުރެއްވުމަށް ކަމަށެވެ.

ހުސެއިން ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމަށް ސައުތު ކޮރެއާގެ ކުންފުންޏަކާއި ހަވާލު ކުރާ މަޝްރޫއު ތިން އަހަަރު ތެރޭގައި މުޅިން ނިންމާލެވޭއިރު މި ދެ އަތޮޅުގައި އުފެދޭ ކުނި އެއް ސަރަހައްދަކަށް ޖަމާކުރެވި ކުނި އަންދައިގެން ކަރަންޓް އުފައްދަން ފެށޭނެކަމަށެވެ.

"އައްޑޫގައި ހިންގާ މަޝްރޫއުން 1.5 މެގަ ވޮޓް ކަރަންޓް އުފެއްދޭނެ، މިއީ އައްޑޫއަށް ބޭނުންވާ ކަރަންޓުގެ 25 އިން ސައްތަ" ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ މި މަޝްރޫއު ނިމުމުން ކުނިން އުދެއްދޭ ކަރަންޓާއި އެކު އައްޑޫގެ ކަރަންޓުގެ އަގު ހެޔޮވެގެންދާނެކަމަށެވެ.