Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ގެއްލުނު ކުއްޖާ ހޯދަން ހެލިކޮޕްޓަރ ބޭނުންކުރަން ފަށައިފި

ލ.ގަމުން ފުރައިގެން ލ.މާމެންދޫއަށް ދަތުރުކުރި ރޭ ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ގެެއްލުނު އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޯމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން ފަށާފައިވާ ކަމަށެވެ. އެގޮތުން ވައިގެ މަގުން އެކުއްޖާ ހޯދުމުގެ މަސައްކަތުގައި އެމްއެެންޑީއެފް ހެލިކޮޕްޓަރ މަސައްކަތް ފަށާފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ ޑިންގީ ބަންޑުން ޖަހާލި ސަރަހައްދު ހޯދުމުގައި ކޯސްޓު ގާޑު ޑައިވަރުންގެ ޓީމެއްވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ހާދިސާގައި ގެެއްލިފައިވަނީ 16 އަހަރުގެ އަންހެން ކުއްޖެކެވެ.

ޑިންގީ ބަންޑުން ޖަހާލުމާއި އެކު އޭގެއިން ދަތުރުކުރި ފިރިހެން މީހާ ސިކްސް ސެންސަސް ރިސޯޓަށް ފަތާފައި އަރައި މައުލޫމާތު ދިނުމާއި ގުޅިގެން ރިސޯޓުންވެސް ވަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތަށް ނިކުމެފައެވެ.