Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

މަޖްލިސް އިންތިހާބު: 395 ފަރާތަކުން ވާދަކުރޭ: އިލެކްޝަން

އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 395 ފަރާތެއް ފޯމު އިލެކްޝަން ކަމިޝަނުން ބަލައިގެންފިއެވެ.

އިލެކްޝަން ކަމިޝަނުން މިހާރުކުރިއަށްދާ ނޫސް ކޮންފަރެންސްގައި އިލެކްޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މި އިންތިހާބުގައި ވާދަކުރުމަށް 403 ފަރާތަކުން ފޯމު ހުށަހެޅި ނަމަވެސް އިލެކްޝަނުން ބަލައިގެންފައިވަނީ 395 ފަރާތެއްގެ ފޯމު ކަމަށެވެ.

ޝަރީފް ވިދާޅުވީ މިފަަހަރުގެ އިންތިހާބުގައި ވާދަކުރުމަށް 35 އަހަރުން ދަށުގެ 71 ފަރާތަކުން ފޯމު ހުށަހަޅާފައިވާ އިރު އޭގެ ތެރޭގައި 8 އަންހެން ކަނބަލުންނާއި 63 ފިރިހެނުން ހިމެނޭކަމަށެވެ. މީގެ އިތުރުން 35 އަހަރުން މަތީގެ 368 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

މަޖްލިސް އިންތިހާބުގައު އެންމެ ގިނަ ދާއިރާއަށް ވާދަކުރަނީ އެމްޑީޕީންނެވެ. އެގޮތުން އެޕާޓީން 86 ދާއިރާއަށް ކެންޑިޑޭޓުން ނެރެފައިވާއިރު ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ޕީޕީއެމް ކޯލިޝަނުންނެވެ. އެކޯލިޝަނުން 49 ކެންޑިޑޭޓުން ވަނީ ނެރެފައެވެ. އެއީ ޕީޕީއެމްއިން ނެރުނު 26 ކެންޑިޑޭޓަކާއި، ޕީއެންސީން ނެރުނު 23 ކެންޑިޑޭޓުންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީން 41 ދާއިރާއަށް ވާދަކުރާއިރު އަދާލަތު ޕާޓީން ވަނީ 9 ދާއިރާއަށް ކުރިމަތިލުމަށް ހުށަހަޅާފައެވެ.

ޑީއާރުޕީން 5 ދާއިރާއަށް، އަދި އެމްޑީއޭއިން 8 ދާއިރާއަށް އަދި އެމްޓީޑީއިން 10 ދާއިރާއަށް ކުރިމަތިލާއިރު މިނިވަން ކެންޑީޑޭޓުންގެ ގޮތުގައި 187 ފަރާތަކުން ވާދަކުރެއެވެ.

ޝަރީފު ވިދާޅުވީ މިއިންތިހާބުގައި ވޯޓުލުމަށް 507 ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ތަފްސީލް އަންނަނީ…..