އެޕްރީލް 6 ވަނަ ދުވަހު ބާއްވާ މަޖްލިސް އިންތިހާބުގައި އަމިއްލަ ގޮތުން 187 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހަޅާފައިވާކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
މަޖްލިސް އިންތިހާބާއި ގުޅޭ ގޮތުން މިއަދު އިލެކްޝަން ކަމިޝަނުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި 187 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން މިފަހަރުގެ އިންތިހާބުގައި ޕާޓީތަކުން 208 ކެންޑިޑޭޓުން ވާދަކުރާކަމަށެވެ. މަޖްލިސްގެ 87 ދާއިރާއަށް ވޯޓުލުމަށް މާލެ އާއި ސިނާއީ ރަށްތައް އަދި ރާއްޖޭން ބޭރުގައި ޖުމްލަ 507 ވޯޓު ފޮށި ބެހެެއްޓުމަށް ވަނީ ހަމަޖެހިފައެވެ.