Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ރައީސް ފަލަސްތީނަށް

ބައިތުލް މަގްދިސް އާ ބެހޭ ހަތަރު ވަނަ އަހަރީ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުހަންމަދު ވަހީދު މިއަދު ފަލަސްތީނަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ބައިތުލް މަގްދިސް އާ ބެހޭ ޖަލްސާ ޝަރަފުވެރިކޮށް ދެއްވުމުގެ އިތުރުން ރާއްޖެ އާއި ފަލަސްތީނާ ދެމެދު ގުޅުން ބަދަހި ކުރުމަށް ވާހަކަ ދައްކަވާނެ ކަމަށެވެ.
އަދި ފަލަސްތީނުން ރާއްޖެ އަށް ލިބޭނެ އެހީތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަގްދިސް" ގެ ހަތަރު ވަނަ ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވުމަށް ފަލަސްތީނުގެ ރައީސް، ރައީސް ވަހީދަށް ދައުވަތު އެރުވީ މިދިޔަ އޭޕްރީލް 21 ގަ އެވެ.