Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އާޒިމާގެ ޕާސްޕޯޓެއް ނުހިފަހައްޓަން: އިމިގްރޭޝަން

އާޒިމާ ޝުކުރޫ

ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓު ހިފެހެއްޓިކަމަށް ދެކެވޭ ވާހަކަ އިމިގްރޭޝަނުން ދޮގުކޮށްފިއެވެ.

ޕީޕީއެމް ކޯލިޝަނުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ޕީއެންސީގެ ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު އަބަދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އާޒިމާ އާއި ޕީޕީއެމް ކޯލިޝަންގެ އިސް ދެމީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވީ އާޒިމާވެސް އަދި އިތުރު ސިޔާސީ މީހެއްގެ ޕާސްޕޯޓު އިމިގްރޭޝަންއިން ހިފަހައްޓާފައި ނުވާކަމަށެވެ. ހަނަފީ ވިދާޅުވީ އިމިގްރޭޝަނުން ޕާސްޕޯޓު ހިފަހައްޓަނީ ކޯޓު އަމުރުގެ ދަށުން ކަމަށެވެ.

އާޒިމާ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

އާޒިމާގެ މައްޗަށް އެމްއެމްޕީއާރުސީގެ މަނީ ލޯންޑްރިން މައްސަލައިގެ ދައުވާ ވަނީ އުފުލާފައެވެ. އެމައްސަލައިގެ ލިޔެ ކިއުންތައް ހަވާލުކޮށް ޝަރީއަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.