Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ބީއެމްއެލްއިން ވެހިކަލް ގަންނަން ހާއްސަ ލޯނެއް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވެހިކަލް ގަންނަން ހާއްސަ ލޯނެއް މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލްގެ ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިއަދު އަލަށް ތައާރަފްކުރި ލޯނަކީ އެއްގަމު އުޅަނދު ގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ހާއްސަ ލޯނެއް ކަމަށެވެ.

ވެހިކަލް ލޯނުގެ ގޮތުގައި 500،000 ރުފިޔާ އާއިހަމައަށް ފައިސާ ދޫކުރާއިރު ލޯނު އަދާކުރުމަށް 5 އަހަރުގެ މުއްދަތެއް ބޭންކުން ދެއެވެ. މި ލޯނު ހޯދުމަށް ރަހުނު ބަހައްޓާކަށް ނުޖެހެއެވެ.

ބޭންކުން ބުނީ ވެހިކަލް ލޯނަށް އެދި ހުށަހަޅާއިރު ގަންނަން ބޭނުންވާ ވެހިކަލްގެ %20 ކަސްޓަމަރު އަމިއްލަ އަށް ޚަރަދު ކުރަންޖެހޭނެއެކަމަށެވެ.

"ބީއެމްއެލް ވެހިކަލް ލޯން ގެ ދަށުން ގަންނަން ހުށައަޅާ ކޯޓޭޝަނަކީ ބީއެމްއެލް އާއިކު އެގްރީމަންޓް ކުރެވިފައިވާ ޑީލަރއެއްގެ ކޯޓޭޝަނަކަށް ވާންވާނެއެވެ. އަދި މި ލޯނުގެ ދަށުން ގަނެވޭ ވެހިކަލް ވާންޖެހޭނީ ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ވެހިކަލަކަށް" ބޭންކުން ބުންޏެވެ.

ބޭންކުން ބުނީ ބޭންކާއެކު އެއްބަސްވުން ހަދާފައިވާ ވެހިކަލް ޑީލަރސްގެ ލިސްޓް ބޭންކް ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެކަމަށެވެ.