ސ. ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ އަނެއްކާވެސް އެނބުރި އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އަދި އަލްހާން މިއަދު ހެނދުނު އެމްޑީޕީއަށް ސޮއިކުރިކަން އެޕަޓީން ކަށަވަރުކޮށްދެއެވެ. އަދި ޓްވިޓާގައިވެސް އަލްހާން ވަނީ އެކަން އިއްލާންކޮށްފައެވެ.
ޑިއާރްޕީން އަލްހާން ވަކިކުރެއްވުމާއިގުޅިގެން އެމްޑީޕީ އާއި ގުޅިވަޑައިގެން އެޕާޓީގެ ނައިބް ރައީސްކަން ކުރެއްވުމަށްފަހު އެމްޑީޕީން ވަކި ކުރުމުން އަލްހާން ދެން ގުޅިވަޑައިގަތީ ޖުމްހުރީ ޕާޓީ އާއިއެވެ. އަދި އެޕަޓީގައި ކުޑަދުވަސްކޮޅަކު ހުންނަވައި ކޯލިޝަނނުން އެކުލަވާލާފައިވާ ސަރުކާރަށާއި ރައީސް ވަހީދަށް ފަޑު ކިޔަން ފެށުމުން ޖުމްހުރީ ޕާޓީންވެސް އަލްހާން ވަނީ ވަކިކޮށްފައެވެ.
އަލްހާން މިއަދު އެމްޑީޕީ އާއި ގުޅިވަޑައިގަތް އިރު އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް އަމާޒުކޮށް އަލްހާން ވަނީ ވަރަށް ބޮޑަށް ފަޑު ވިދާޅުވެފައެވެ.