Last Updated: June 16, 11:23
Tuesday, June 16, 2026
ޚަބަރު

މުސާރަ ނުދޭތީ ގިނަ އަދަދެއްގެ ބިދޭސީން ފުލުހަށް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ވަޒީފާ އަދާކުރާ ގިނަ އަދަދެއްގެ ބިދޭސީންތަކަކަށް މުސާރަ ނުދީގެން، އެ ބިދޭސީން މިއަދު ފުލުސް އޮފީހަށް ގޮސްފިއެވެ.

ފުލުހުންނާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ކުންފުނިތަކުން މުސާރަ ނުދޭ މައްސަލަ ރިޕޯޓްކުރަން މިއަދު ގަލޮޅު ޕޮލިސް ސްޓޭޝަނަށް 56 ބިދޭސީއަކު ގޮސްފައިވާ ކަމަށާއި، އެމީހުންގެ ޝަކުވާ އަޑު އެހުމަށް ފަހު، އެ މައްސަލަ ލޭބަރ އޮތޯރިޓީ އަށް ހުށަހަޅަން އިރުޝާދު ދީފައިވާ ކަމަށެވެ.

އެހެންނަމަވެސް މިއަދު ފުލުސް އޮފީހަށް ގޮސްފައި ވަނީ ކޮން ކުންފުނިތަކެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައަކީ ފަހަކަށް އައިސް ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.