Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

އައްޑޫ އިކޮނޮމިކް މިނިސްޓްރީން ވަގަށް ނެގި ތިޖޫރީ ހޯދައިފި

ސ. ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީސް ފަޅާލައި ވަގަށް ނެގި ތިޖޫރީ ފުލުހުން ހޯދައިފިއެވެ.

މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ހިނގި މި ވައްކަމުގެ ހާދިސާގައި ގެއްލުނު ތިޖޫރީ ހޯދާފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ފަރާތު ވަލުތެރެއިންވެ.

ވަގަށް ނެގި ތިޖޫރީގައި ބައިލައްކަ ރުފިޔާ ހުރިކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ސަރަހައްދު ފާސްކުރީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެންކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކު އަދި ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައި ނުވެއެވެ.