Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ހުކުމާއި ގުޅިގެން ޕްރައިމަރީން ބަލިވިފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިން: ޝަރީފް

ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުތަކުގައި ބައިވެރި ނުވެވޭގޮތަށް އިންތިހާބުތަކާއި ބެހޭ ގާނޫނުގައި އޮންނަ މާއްދާ ސްޕްރީމް ކޯޓުން މިއަދު ބާޠިލްކޮށް އެެފަރާތްތަކަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް ފުރުސަތު އިތުރުކޮށްފައިވާ ކަމަށް އިލެކްޝަނުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ވަނީ ޕްރައިމަރީން ބަލިވި ފަރާތްތަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާއި ހަމައަށް ދިނުމަށް އިލެކްޝަންގެ މައްޗަށް އަމުރުކޮށްފައެވެ.

އިލްކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީން ބަލިވި ފަރާތްތަކަށް އަންނަ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ ޕްރައިމަރީން ބަލިވި ފަރާތްތަކަށް ފުރުސަތު ދިން ނަމަވެސް އިންތިހާބުގެ ހުރިހާކަމެއް ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށްދާނެކަމަށެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާއިރު މިމަހުގެ 27 ވަނަ ދުވަހު ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމަށް ބާއްވާ ގުރުލުން ބޭއްވުމަށް އިލެކްޝަނުން ވަނީ ހަމަޖައްސާފައެވެ.
ތަފްސީލް އަންނަނީ….