Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް

ލ. ގަމުން މާމެންދުއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑަށް ގެއްލުނު ޝިމާ ނާފިޒް ހޯދުމުގެ މަސައްކަތް މިއަދުވެސް އެމްއެންޑީއެފުން ކުރިއަށް އެބަ ގެންދެއެވެ.

ޝިމާ ހޯދުމަށް އެމްއެންޑީއެފުން މަސައްކަތް ކުރާތާ މިއަދަށް ހަތަރު ދުވަސް ވެފައިވާއިރު އަދިވެސް ހޯދުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ޑައިވަރުން އެ ސަރަހައްދު ހޯދާ ބަލަމުން އަންނައިރު ހެލިކޮޕްޓަރުން ވައިގެ ސަރަހައްދު ބަލަމުން އެބަދެއެވެ. އަދި ޑައިވިން ރޮބޮޓުވެސް ބޭނުންކޮށްގެން ޝިމާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގަމުން ފުރައިގެން މާމެންދުއަށް ޑިންގީއެއްގައި ދަތުރުކުރި ޝިމާއާއެކު އިތުރު މީހަކުވެސް ޑިންގީގައި ހުއްޓެވެ. އޭނާ ވަނީ ފަތާފައި ކައިރި ރިސޯޓަކަށް އަރައި ރައްޓެއްސަކު މެދުވެރިކޮށް ކޯސްޓު ގާޑަށް ގުޅައި އެހީއަށް އެދިފައެވެ. ބަންޑުން ޖަހާލި ކަމަށް ބުނާ ޑިންގީވެސް އަދިވެސް ފެނިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.