Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މިއަދުވެސް ފަތުރުވެރިއަކު ގެބިގެން މަރުވެއްޖެ

ކުރަމަތި ރިސޯޓުން ފަތުރުވެރިއަކު ގެނބިގެން މަރުވެއްްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 4:30 ހާއިރު ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ގެނބިގެން މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ޖަރުމަނުގެ އަންހެން ފަތުރުވެރިއެކެވެ.

ފަހަކަށް އައިސް ޓޫރިސްޓް ރިސޯޓު ތަކާއި ގެސްޓު ހައުސް ހިންގާ ރަށްތަކުގައި ފަތުރުވެރިން ގެނބިގެން މަރުވާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.