Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ރާއްޖެ ސަރަހައްދުން ދަތުރުކުރި ބޯޓެއްގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ދެމީހަކު ހިތަދޫއަށް ގެންނަނީ

ރާއްޖެ ސަރަހައްދުން ދަތުރުކުރި އާގު ބޯޓެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ޒަހަމްވި ދެމީހަކު އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އާގު ބޯޓެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގައި ޒަހަމްވި ދެމީހަކު ފަރުވާ ދިނުމަށް ހިިތަދޫއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖެ އާއި 760 މޭލު ބޭރުން ދަތުރުކުރި ބޯޓުގައި މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު މިމަހުގެ 20 ވަނަ ދުވަހު އެމްއެންޑީއެފްއަށް ލިބިފައިވާ ކަމަށެވެ. އަދި ކަމާއި ގުޅުންހުރި އިދާރާތަކުގެ ހުއްދަ އާއި އެކު ބޯޓު ރާއްޖޭގެ ސަރަހައްދަށް ކައިރިކޮށް އެމްއެންޑީއެފްފގެ ކޯސްޓްގާޑަށް އެދެމީހުން ނަގާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކާއި އެކު ގޮސް އެމީހުންނަށް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.