ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްއަށް ހުށަހެޅާފައިވަނީ މަޖްލިސް ގަވާއިދުގައިވާ އަދަދަށް ސޮއި ހަމަނުކޮށް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރިޔާގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ޕީޕީއެމްއަށް ލިބުނީ 14 ސޮއި ކަމަށެވެ.
"މާރިޔާގެ އިތުބާރުނެތަކަމަށް ހުށަހެޅި ވާހަކައަކީ ކަނޑައެެޅިގެން ބޮޑު ދޮގެއް، ޕީޕީއެމްއަށް ހަމަކުރެވުނީ 14 ސޮއި"
Minister @MariyaDidi ge ithubaaru neiykamah hushaelhi vaahaka akee kandaelhigen bodu dhogeh. PPM ah hamakurevunee 14 soe.
Vazeerehge ithubaaru neiykamah husha’alhan 42 membarunge soe beynunvaagothah qawaidhu badhalukoh miadhu ethibee ebondives boegen. pic.twitter.com/IPf6HBsSp6— Ahmed Mahloof (@AhmedMahloof) February 25, 2019
ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްއަށް ހުށަހެޅުމަށް 42 މެމްބަރުންގެ ސޮއި ބޭނުންވާ ގޮތަށް މަޖްލިސްގެ ގަވާއިދު ބަދަލު ކުރީ ޕީޕީއެމްއިންނެވެ.
މަހްލޫފު ވިދާޅުވީ ވަޒީރުންގެ އިތުބާރުނެތްކަމަށް ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރުމުން މިއަދު އެތިބީ ބޮޑި ބޮއެގެން ކަމަށެވެ. މަހްލޫފު ވަނީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި ބޭފުޅުންގެ ލިސްޓު ޓްވީޓު ކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ބޭނުންވެެއްޖެނަމަ ރާއްޖެ ހިފިދާނެކަމަށް ދެއްކެވި ވާހަކަފުޅު ތަކާއި ގުޅިގެން މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެކަމަށް ޕީޕީއެމް ކޯލިޝަނުން ވަނީ ބުނެފައެވެ.