Last Updated: April 19, 17:23
Friday, April 19, 2024
ރިޕޯޓް

ޝީޝާ 100 ދުވަސް ޕްރޮމޯޝަން ނިމެން ބާކީ އެއް މަސް!

ރާއްޖޭގެ ހޮންޑާ ސައިކަލްތަކުގެ އޮތަރައިޒް ޑިސްޓްރިބިއުޓަރ ޝީޝާގެ ފަރާތުން ކުރިއަށްދާ 100 ދުވަހުގެ ޕްރޮމޯޝަން ނިމެން މަސް ދުވަހަށްވެއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހު ފެށި ޕްރޮމޯޝަންގެ 100 ދުވަސް އަންނަ މާޗު 25 ވަނަ ދުވަހު ހަމަވާނެއެވެ.

ބޮޑެތި ޑިސްކައުންޓުތަކާ އެކު ކުރިއަށް ގެންދާ މި ޕްރޮމޯޝަން ޝީޝާގެ މާލޭ ފިހާރައިގެ އިތުރުން އަތޮޅު ތެރޭގައި ގާއިމް ވެފައިވާ އައުޓްލެޓްތަކުގައި ވެސް ކުރިއަށްދާނެއެވެ.

ޝީޝާގެ އެންމެ ފަހުގެ ހުރިހާ ސައިކަލަކުން ޑިސްކައުންޓުތައް ދޭއިރު މި ޕްރޮމޯޝަން ތެރޭގައި އެއާބްލޭޑުގެ ފަހުގެ މޮޑެލް ވަނީ ތައާރަފުކޮށްފައެވެ. އަލަށް ތައާރަފު ކުރި އެއާބްލޭޑް މޮޑެލް އަކީ އެއާ ބްލޭޑް ބްލެކް އެޑިޝަން އެއާ ބްލޭޑް އެޑްވާންސް އެޑިޝަންއެވެ.

މި ޕްރޮމޯޝަންގައި އެއާބްލޭޑް ބްލެކް އެޑިޝަން ސައިކަލެއް 58،800 ރުފިޔާއަށް ލިބޭއިރު އެޑްވާންސް އެޑިޝަން ސައިކަލެއް 57،300 ރުފިޔާއަށް ލިބެއެވެ. ޝީޝާއިން ބުނީ މިއީ އެއާބްލޭޑް ރާއްޖެއިން ގަންނަން ލިބޭނެ އެންމެ ހެޔޮ އަގު ކަމަށެވެ.

މީގެ އިތުރުންވެސް ވޭވް 125 ގެ ފަހުގެ މޮޑެލް އަދި ސްކޫޕީ އާއި ޒޫމާ ސައިކަލްތަކުން ކަސްޓަމަރުންނަށް 100 ދުވަހުގެ ޕްރޮމޯޝަންގެ ޑިސްކައުންޓު ލިބިގެންދެއެވެ.

ޒޫމާ ސައިކަލުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ޝީޝާއިން މިހާރުވެސް ކުރިއަށް ގެންދަމުންދާއިރު އިންސްޓޯލްމަންޓް މެދުވެރިކޮށް ސައިކަލު ބައްލަވާ ފަރާތްތަކަށް އިންޓްރެސްޓުގެ ގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ނަގާނީ އެންމެ ޕަސެންޓެކެވެ. އަދި ކުރިން އިންސްޓޯލްމަންޓް އިންޓްރަސްޓް ޕަސަންޓްގެ ގޮތުގައި ޝީޝާއިން ނަގަމުން އައި 1.5 އިންސައްތަ ވަނީ ނަރުހުންނާއި ޓީޗަރުންގެ ޕެކޭޖުގައި 1.25 ޕަސެންޓަށް ވަނީ ކުޑަކޮށްފައެވެ.

ޝީޝާއަކީ ސައިކަލް ވިއްކުމާއި މަރާމާތު ކުރުމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ ޝޯރޫމްތައް މާލެ އާއި ހުޅުމާލެ ،އައްޑޫ އިތުރުން ކުޅުދުއްފުށީގައި ވަނީ ގާއިމްކޮށްފައެވެ.