Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ވެލި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާފައިފި

ވެލި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާފައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ވެލި ބަރުކޮށްގެން ދަތުރުކުރަމުންދަނިކޮށް ބަންޑުން ޖަހާލާފައިވަނީ "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. މި ދޯނި ބަންޑުން ޖަހާލާފައިވަނީ މާލެ ކޮމާޝަލް ބަނދަރު ސަރަހައްދުންނެވެ.

އެމްއެންޑީއެފްއިން ބުނީ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓު ގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 08:45 ހާއިރުކަމަށެވެ. ބަންޑުން ޖަހާލި ވަގުތު އެ ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ހަތް މީހުންގެ ތެރެއިން ހަ މީހުން އެސްޓީއޯ ޒެބްރާ ޓަގަށް ނަގާ އަދި އެކަކު އެމްއެންޑީއެފްގެ ކޯސްޓްކާޑު ލޯންޗުން ވަނީ ނަގާފައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.