Last Updated: April 26, 17:59
Friday, April 26, 2024
ޚަބަރު

މެމްބަރު ރުކުމާ އެމްޑީޕީން ވަކިވެ ވަޑައިގެންފި

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) - ފޮޓޯ: މަޖިލިސް

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފިއެވެ.

ރުކުމާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހުރުވެރިވާ ސިޔާސަތުތަކާއެކު ވުޖޫދުވި އެމްޑީޕީގައި އިހުލާސްތެރިންނާއި އަދާވަތްތެރިން ވަކިނުވާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ހިތާއި ރޫހުން، ޖާނާއި މާލުން ގުރުބާންވި ޕާޓީ ކަމަށްވާ އެމްޑީޕީން މިއަދު އިސްތިއުފާ ދިން ސިޓީ އެ ޕާޓީއާ ހަވާލުކުރީ ހިތާމައާއެކު ކަމަށްވެސް ރުކުމާ ވިދާޅުވެފައިވެއެވެ.

ރުކުމާ އެމްޑީޕީން ވަކިވެ ވަޑައިގެންނެވިއިރު، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި އޭނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަރާތްތަކަށް ވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅާފައިވާއިރު އަމިއްލަ ގޮތުން އެ އިންތިހާބުގައި ރުކުމާ ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް މިހާރު ވަނީ ފެތުރެން ފަށާފައެވެ.

ރުކުމާ އަކީ އެމްޑީޕީ އުފެއްދީއްސުރެ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފަރާތެކެވެ.