Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

މިފަހަރުގެ ގޮނޑި ފަސޭހައިން ކާމިޔާބު ކުރެވޭނެ: މުސްތަފާ

އެހެން ފަހަރު ފަހަރަށްވުރެ ފަސޭހައިން މިފަހަރުގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ ސިޔާސީ ކޮށި ވިސްނުމަކުން ވިސްނާ ބަޔަކަށް އެ ހީވަނީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. ﷲގެ ހެޔޮ ރަޙުމަތްފުޅާއެކު މިފަހަރު ވެސް ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ މުސްތަފާކަމަށެވެ.

"ސިޔާސީ ކޮށި ވިސްނުމަކުން ވިސްނާ ބަޔަކަށް ހީފުޅުވަނީ ވަރަށް ބޮޑު ކުށްހީއެއް. ﷲގެ ހެޔޮ ރަޙުމަތްފުޅާއެކު މިފަހަރު ވެސް ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ މުސްތަފާ. އެހެން ފަހަރު ފަހަރަށްވުރެ ފަސޭހައިން މިފަހަރުގެ ގޮނޑި ކާމިޔާބު ކުރެވޭނެ. އިންޝާﷲ." މުސްތަފާ ވިދާޅުވިއެވެ.