Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ދީނާއި ގައުމުގެ އަމްނު އަމާންކަމަށް ހުރިހާ ފަރާތަކުން ވެސް އިހުތިރާމް ކުރުމަށް ޝެއިޚް އިލްޔާސް ގޮވާލައްވައިފި

ދީނާއި ގައުމުގެ އަމްނު އަމާންކަމަށް ހުރިހާ ފަރާތަކުން ވެސް އިހުތިރާމް ކުރުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ގޮވާލައްވައިފިއެވެ.

މިކަމަށް އިލްޔާސް ގޮވާލެއްވީ މިއަދު އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އިލްޔާސް ވަނީ އިސްލާމްދީނަށާއި ދިވެހި ގައުމާއިމެދު ދޮގުވާހަކަތައް ފަތުރާ ފަރާތްތަކާއިމެދު ކަމާއިބެހޭ ފަރާތްތަކުން ލަސްނުކޮށް ފިޔަވަޅު އަަޅުއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

"ދިވެހި ގައުމާއިމެދު ދޮގުވާހަކަތައް ފަތުރާ ފަރާތްތަކާއިމެދު ކަމާއިބެހޭ ފަރާތްތަކުން ލަސްނުކޮށް ފިޔަވަޅު އަަޅުއްވަން ޖެހޭ. އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ. ދީނާއި ގައުމުގެ އަމްނު އަމާންކަމަށް ހުރިހާ ފަރާތަކުން ވެސް އިހުތިރާމް ކުރުމަށް ގޮވާލަން." އިލްޔާސް ވިދާޅުވިއެވެ.