Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައި ޕައިލެޓަކު ހައްޔަރުކޮށްފި

އިސްތަންބޫލް: ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ ހަނގުރާމަމަތީ މަތިންދާ ބޯޓު ވައްޓާލައި ޕައިލެޓަކު ހައްޔަރުކޮށްފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ދެ ބޯޓު ވައްޓާލައި ޕައިލެޓަކު ވަނީ އަތުލައިގެންފައެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެފައިވަނީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލި ހާދިސާ އާއި ގުޅިގެންނެވެ. އިންޑިއާ ސިފައިން ދަތުރުކުރި ބަހަކަށް ހަމަލާދީ އެއިން ދަތުރުކުރި އިންޑިއާގެ 42 ސިފައިން ވަނީ މަރުވެފައެވެ. މި ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

މި ހަމަލާ އާއި ގުޅިގެން އިންޑިއާ އާއި ޕާކިސްތާން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓު ކުރާ ގޮތުގައި ޕާކިސްތާނުގެ ތިން ހަނގުރާމަތީ ބޯޓުތައް އެގައުމުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ވައިގެ ސަރަހައްދުން ވަނީ ފައްސާލާފައެވެ. އޭގެ ފަހުން ޕާކިސްތާނުން ވަނީ އިންޑިއާގެ ދެ ބޯޓު ވައްޓާލާފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނު ވުމާއ ި ގުޅިގެން އެސަރަހައްދުގެ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އެމެރިކާއިން ވަނީ މަސައްކަތް ފަށާފައެވެ.

ތަފްސީލް އަންނަނީ…..