މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީ ކުއްޖަކު މަރުވި މައްސަލާގައި ހަމީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އުމުރުން 7 އަހަރުގެ ޖައުޝަން ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓަރަކްޝަންއިން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށެވެ. މިމައްސަލަ ފުލުހުން ތަހްގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ މިމަހު ކުރީ ކޮޅުއެވެ.
މި މައްސަލާގައި ޕީޖީން ދައުވާ ކުރަނީ އިންޑިއާގެ ހަތަރު މީހަކަށާއި ދިވެހި ދެމީހަކަށެވެ. އިންޑިއާ ދެމީހުންނަކީ އެ ހާދިސާ ހިނގި ވަގުތު އެތަނުގައި މަސައްކަތްކުރަން އުޅުނު މީހުންނެވެ.
މި މައްސަލާގައި ޕީޖީން ދައުވާ އުފުލާފައިވާ ދެ ދިވެހިންނަކީ އެތަނުގެ ސައިޓު ސްޕަވައިޒަރ ދަފްތަރު 7198 އާދަމް ޝަފީގު އާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ދަފްތަރު ނަންބަރު 8424، މޫސާ ހަސަންގެ މައްޗަށެވެ.
ޕީޖީގެ ދައުވާގައި ބުނެފައިވަނީ އެމީހުންގެ މައްޗަށް ދައުވާ ކުރަނީ އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔައިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވާތީ ކަމަށެވެ.