Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ކިނބޫ ކޯރެއްގެ ތެރޭގައި ސަރުކާރެއް ނުހިންގޭނެ: މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ، ފޮޓޯ: ރާއްޖެއެމްވީ

ކިނބޫ ކޯރެއްގެ ތެރޭގައި ސަރުކާރެއް ނުހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މީގެ އިރުކޮޅެއް ކުރިން އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވީ ސަބަބެއް ބަޔާން ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް އެ ޓްވީޓްގައި މުސްތަފާ އިތުރަށް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޭނާއަކީ ރައީސުލްޖުމްހޫރިއްޔާކަން އެނގިވަޑައިގެންނެވީމަ ހުރިހާ ކަމެއް ހައްލުވާނެ ކަމަށެވެ.

" ކިނބޫ ކޯރެއްގެ ތެރޭގައި ސަރުކާރެއް ނުހިންގޭނެ! ރައީސުލްޖުމްހޫރިއްޔާއަށް އޭނާއަކީ ރައީސުލްޖުމްހޫރިއްޔާކަން އެނގިވަޑައިގެންނެވީމަ ހުރިހާ ކަމެއް ހައްލުވާނެ!" މުސްތަފާ ވިދާޅުވިއެވެ.