Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުކަމަށް ރިޔާޒް އައްޔަންކޮށްފި

މިނިވަން މުއައްސަސާތަކާާ ބެހޭ ކޮމިޓީގެ މުގައްރިރުކަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އައްޔަންކޮށްފި އެވެ.

އެ މަގާމް މިއަދާ ހަމަޔަށް ފުރުއްވަމުން ގެންދެވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. ރޮޒެއިނާ އެ މަގާމުން ދުރު ކުރާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެގޮތުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ރޮޒެއިނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެމްޑީޕީ އިން އެ ކޮމިޓީ އިން ރޮޒެއިނާ ވަކި ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކޮޮމިޓީގެ އާ މުގައްރިރަކަށް ރިޔާޒް ހަމަޖައްސާފައިވާ ކަމަށް ވެސް ނިހާން ވަނީ ވިދާޅުވި އެވެ.

ރިޔާޒް ރަޝީދު މިނިވަން މުއައްސަސާތަކުގެ މުގައްރިރަކަށް ހަމަޖެއްސެވި އިރު މަރުތަކުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު އެ ކޮމިޓީ އިން ނިންމަވާފައިވާ ގޮތުގެ ތަހުގީގެއް ކުރުމަށް މަޖިލީޙުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވަނީ އަންގަވައިފަ އެވެ. ރިޔާޒް ވިދާޅުވެފައި ވަނީ އެ ބިލު ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.