Last Updated: June 16, 11:23
Tuesday, June 16, 2026
ޚަބަރު

ނައިބު ރައީސް ކާށިދޫއަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް މާލެ އަތޮޅު ކާށިދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ކާށިދޫގެ ސްކޫލަށާއި ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވިއެވެ.

ނައިބު ރައީސް ކާށިދޫއަށް ކުރެއްވި މި ޒިޔާރަތުގައި ކާށިދޫ ކައުންސިލް މެންބަރުންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ކާށިދޫގެ ކުނިކޮށްޓާއި، އެރަށުގެ ދަނޑުހައްދާ ސަރަހައްދަށް ޒިޔާރަތްކުރަށްވައި އެތަންތަންވެސް ބައްލަވައިލެއްވެވިއެވެ.