މަޖްލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީން ބަލިވި ރައީސް އިބްރާހިމް މުހައްްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއި އިބްދުﷲ ޖާބިރު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.
ޕާޓީ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އަލުން އިންތިހާބުގައި ކުރިމަތި ނުލެވޭގޮތަށް އިންތިހާބާއި ބެހޭ ގާނޫނުގައިވާ މާއްދާ މިމަހުގެ 25 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. މިމައްސަލަ ދުސްތޫރީ މައްސަލައެެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ހުށަހެޅުއްވި އެއް ބޭފުޅަކީ ޖާބިރުއެވެ.
ޖާބިރު ވިދާޅުވީ މާކުރިންވެސް ހުންނެވީ ރައްޔިތުންނަށް ހިދްމަތް ކުރުމަށް ބޭނުންވެގެން ކަމަށާއި ކާށިދޫ އަދި ގާފަރު ދާއިރާއަށް ތަރައްޤީ ގެނެވޭނީ ޖާބިރަށް ކަމަށެވެ.
ސްޕްރީމް ކޯޓުން ވަނީ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް ޕާޓީން ވާދަ ނުކުރެވޭނެކަމަށް ބުނެފައެެވެ. އަދި ޕާޓީންވެސް ވަނީ އެގޮތަށް އެކަން ނުކުރުމަށް އެދިފައެވެ.