Last Updated: May 2, 10:39
Friday, May 2, 2025
މުނިފޫހިފިލުވުން

"ސުއިސައިޑް ސްކޮޑް"ގެ ސީކުއެލް އިން ވިލް ސްމިތު ނުފެންނާނެ

2016 ވަނަ އަހަރު ޑީސީ އާއި ވޯނާ ބްރޯސް އިން ރިލީޒްކުރި ފިލްމް "ސުއިސައިޑް ސްކޮޑް"ގެ ދެވަނަ ބައިން ވިލް ސްމިތު ނުފެންނާނެ އެވެ.

ޑޭވިޑް އޭޔަރ ޑައިރެކްޓްކުރި "ސުއިސައިޑް ސްކޮޑް"ގައި ޑެޑްޝޮޓްގެ ރޯލުން ފެނިގެންދިޔަ އުމުރުން 50 އަހަރުގެ ވިލް ސްމިތު، ފިލްމްގެ ސީކުއެލް ދޫކޮށްލާފައި ވަނީ ޝެޑިއުލް ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ.

މި ފިލްމްގެ ސީކުއެލް ޑައިރެކްޓްކުރާނީ ޖޭމްސް ގަން އެވެ.

މި ފިލްމް ވެގެންދާނީ ގަން ކޮށްފައިވާ ބައެއް ޓްވީޓްތަކެއް އާންމުކުރުމާއި ގުޅިގެން މިދިޔަ ޖުލައި މަހު "ގާޑިއަންސް އޮފް ދަ ގެލެކްސީ: ވޮލިއުމް 3" އިން ގަން ބޭރުކޮށްލުމަށްފަހު، އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށެވެ.

"ސުއިސައިޑް ސްކޮޑް" އިން ފެނިގެންދިޔަ މަޝްހޫރު ކެރެކްޓާތަކުގެ ތެރޭގައި ޑެޑްޝޮޓް، ހާލީ ކުއިން، ދަ ޖޯކަރ، ކެޕްޓަން ބޫމަރޭންގް އަދި ކިލަރ ކްރޮކް ހިމެނެއެވެ.

ޗާލްސް ރޯވެން އާއި ޕީޓަރ ސެފްރެން މި ސީކުއެލް ޑައިރެކްޓްކުރާއިރު، އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ޙަރަކާތްތެރިވާނީ ޒެކް ސްނައިޑަރ އާއި ޑެބޯރާ ސްނައިޑަރ އެވެ.

ވޯނާ ބްރޯސް އިން އުފައްދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.