Last Updated: May 2, 10:39
Friday, May 2, 2025
މުނިފޫހިފިލުވުން

"ބަދްލާ"ގެ ދެވަނަ ލަވަ ނެރެފި، ލަވަ ކިޔާފައި ވަނީ އަމީތާބް

އަމީތާބް ބައްޗަންގެ އެންމެ ފަހުގެ ފިލްމް، "ބަދްލާ"ގެ ދެވަނަ ލަވަ ނެރެފި އެވެ.

އެ ފިލްމްގެ ފުރަތަމަ ލަވަ ކަމުގައިވާ "ކިޔު ރައްބާ"ގެ ކާމިޔާބީ އަށްފަހު ފިލްމްގެ ދެވަނަ ލަވަ ކަމުގައިވާ "އޯކާތު" މިއަދު ނެރެފިައިވާއިރު، މި ލަވަ ވެގެންދާނީ އަމީތާބްގެ ފޭނުންނަށް ވަރަށް ކަމުދާނެ ލަވައަކަށެވެ.

"އޯކާތު" އަކީ ފިލްމް ފެށޭއިރު ދައްކާ ލަވަ ކަމުގައިވާއިރު، މި ލަވަ ކިޔާފައި ވަނީ ޚުދު އަމީތާބް ބައްޗަން އެވެ.

ޝާހް ރުކް ޚާންގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ސުޖޯއި ގޯޝް ކަމުގައިވާއިރު، ފިލްމް ޕްރޮޑިއުސްކުރަނީ ގޯރީ ޚާން އެވެ. އަމީތާބް އާއި ސުޖޯއި ވަނީ މީގެ ކުރިންވެސް "ޓީން" އާއި "އަލާދީން" ފަދަ ފިލްމްތަކުގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

"ބަދްލާ" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 08 ވަނަ ދުވަހު އެވެ.