Last Updated: May 2, 02:14
Thursday, May 1, 2025
ޚަބަރު

އެސްއެމްއީ ބޭންކަށް ވިޔަފާރިކުރުމުގެ ލައިސެންސް ދީފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިންގ ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިންގ ބިޒްނަސް ލައިސަންސް ދީފިއެވެ.

އެސްއެމްއީ ބޭންކަށް ވިޔަފާރިކުރުމުގެ ލައިސެންސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައި ވަނީ މިއަދު އެވެ.

ސަރުކާރުގެ 100% ހިއްސާވާ މި ކުންފުނީގައި މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް %5 ހިއްސާ ހިމެނެއެވެ.

އެމްއެމްއޭ އިން ބުނީ މިކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.