Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އޮޅުވާލުމާއި މަކަރު ހެދުން ފިޔަވާ އިތުރުކަމެއް އެމްޑީޕީއަކަށް ނުވާނެ!: ނިހާން

އަހުމަދު ނިހާން- ފޮޓޯ: ސޯޝަލް މީޑިއާ

އޮޅުވާލުމާއި މަކަރު ހެދުން ފިޔަވާ އިތުރުކަމެއް އެމްޑީޕީއަކަށް ނުވާނެ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅާގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

"އޮޅުވާލުމާއި މަކަރު ހެދުން ފިޔަވާ އިތުރުކަމެއް އެމްޑީޕީއަކަށް ނުވާނެ! 2018ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ މިނިމަމް ވޭޖްގެ ގޮތުގައި ރަނގަޅު އަދަދެއް ކަނޑައަޅާނެ ކަމަށް އެމްޑީޕީއަށް ވޯޓުދިން މަސައްކަތްތެރިންނަށް އައްސަރިބަހާއި ސާބަސް!" ނިހާން ވިދާޅުވިއެވެ.

ނިހާންގެ ޓްވީޓްގައި 2018ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ މިނިމަމް ވޭޖްގެ ގޮތުގައި ރަނގަޅު އަދަދެއް ކަނޑައަޅާނެ ކަމުގެ އުއްމީދުގައި އެމްޑީޕީއަށް ވޯޓު ހޯދުމަށް މަސައްކަތްކުރެއްވި ފަރާތްތަކުން އެކަން ކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކަން އެހެން ނުވާނެ ކަމަށް އިޝާރާތް ކުރައްވާ އިބާރާތުން ވަނީ ވާހަކަ ދައްކަވާފައެވެ.