Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

މާރިޔާ މާދަމާ މަޖްލިސްއަށް ހާޒިރު ކުރަނީ

އިންޑިއާ ބޭނުންވެއްޖެނަމަ ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާއި ގުޅިގެން އެވާހަކަތަކަށް ޖަވާބުދާރީ ކުރުމަށް މާދަމާ މަޖްލިސްއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

އިންޑިއާގެ އަސްކަރިއްޔާ އަކީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެގައުމުން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފިދާނެކަމަށް މާރިޔާ ވިދާޅުވީ ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެ ވާހަކަ ތަކާއޮ ގުޅިގެން މާރިޔާ މަޖްލިސްއަށް ހާޒިރު ކުރުމަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠޯރިގުއެވެ. އެނގިފައިވާ ގޮތުގައި މާރިޔާއަށް މަޖްލިސްގެ އިދާރާއިން ވަނީ ނޯޓިސް ފޮނުވާފައެވެ.

މަޖްލިސްގެ އެޖެންޑާ އަދި ހާމަ ނުކުރާތީ މި މައްސަލަ ތާވަލް ކުރި ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. މިއީ ރައީސް ސޯލިހުގެ ރައީސް ކަމުގައި އެމަނިކުފާންގެ ވަޒީރަކު މަޖްލިސްއަށް ހާޒިރު ކުރާ ފުރަތަމަ ފަހަރެވެ.