"ޗީނި ކަމް" އަދި "ޕާ" ފަދަ ކާމިޔާބް ފިލްމްތައް އަމީތާބް ބައްޗަން އާ އެކު އުފައްދާފައިވާ އާރް. ބަލްކީގެ އާ ފިލްމުން އަމީތާބާއި ޝާހްރުކް ހާން ފެނިގެން ދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބަލްކީގެ އާ ފިލްމާ ބެހޭ ގޮތުން އޭނާ މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވި ނަމަވެސް، އާ ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް އޭނާ މިހާރު ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަދި އެ ފިލްމްގެ ސްކްރިޕްޓް ބަލްކީ ތައްޔާރު ކުރަނީ އަމީތާބާއި ޝާހްރުކް ސިކުނޑީގަައި ބައިންދައިގެން އެ ތަރިންގެ ކެރެކްޓާ އަށް ފިޓްވާ ގޮތަށް ކަމަށްވެ އެވެ.
ބަލްކީގެ އާ ފިލްމުގައި ޝާހު ހިމެނޭނެ ކަމަށް ވާހަކަ ދެކެވެމުން އަންނަ އިރު. މީގެ ކުރިން އޭނާ ވަނީ ޝާހް އާ އެކު ފިލްމެއްގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ވަރަށް ފަހުން ޝާހް އާ އެކު ބަލްކީ ވަނީ އިޝްތިހާރެއް ވެސް ޝޫޓްކޮށްފަ އެވެ.
އެހެން ނަމަވެސް މިހާތަނަށް ބަލްކީ ޑައިރެކްޓް ކުރި ފިލްމްތަކުގައި މިހާތަނަށް މުޅިންހެން ލީޑް ރޯލް ކުޅެފައި ވަނީ އަމީތާބެވެ. އަދި އަމީތާބާ ނުލައި ދުވަހަކު ވެސް ފިލްމެއް ހެދުމުގެ ވިސްނުމެއް ވެސް ބަލްކީގެ ނެތެވެ.
ކޮންމެއަކަސް އަމީތާާބާއި ޝާހްރުކް އެއް ފިލްމަކުން އެކީގައި ބަލާލަން ކެތްމަދުވެފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. އެހެންވެ މިއީ އެފަދަ ފަރާތްތަކަށް ލިބޭ އުފާވެރި ހަބަރަަކަށް ވާނެ އެވެ.
މީގެ ކުރިން އެ ދެ ތަރިން ވަނީ ކަރަން ޖޯހަރުގެ "ކަބީ ހުޝީ ކަބީ ޢަމް"، އަދިތިޔާ ޗޯޕްޅާގެ "މުހައްބަތޭން"، ޔާޝް ޗޯޕްޅާހގެ "ވީރް-ޒާރާ" އަދި ކަރަން ޖޯހަރުގެ "ކަބީ އަލްވިދާ ނާ ކެހެނާ" ގެ އިތުރުން "ބޫތުނާތު" ހިމެނެ އެވެ.