Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

ހިތަދޫ ލިންކު ރޯޑު ސްޓޭޓު ސްކުއާ ދިމާލުން ލިންކު ރޯޑުން ބެޓެރީ ބައިސިކަލަކާއި ސައިކަލެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން އަންހެން މީހާއަށާއި ބެޓެރީ ބައިސިކަލް ދުއްވަން އިން އުމުރުން ދުވަސްވީ މީހާއަށެވެ. އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާއަކީ ކައުންސިލް އިދާރާގެ މުނިސިޕަލް ސާވިސްގެ ސެކިއުރިޓީ އަކަށް މަސައްކަތް ކުރާ މީހެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްވެގެން ގެނައި ދެމީހުންގެ ހާލު ރަނގަޅުކަމަށާއި، ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.