Last Updated: August 20, 13:57
Wednesday, August 20, 2025
ސިޔާސީ

އިއްތިހާދުގެ ޖަލްސާއެއް މިރޭ ފޭދޫގައި

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއަށް ތާއިދު ކުރާ އިއްތިހާދުން ބާއްވާ ޖަލްސާއެއް މިރޭ ފޭދޫގައި ހުންނަ ޖަގަހައިގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ގައުމާއިގެން ކުރިއަށް" ނަމުގައި ހަތަރު ޕާޓީން އިންތިޒާމް ކުރާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައިއެވެ.
ފޭދޫ ބަނދަރު ސަރަހައްދުގައި ހުންނަ އޮފީހުގައި ބާއްވާ ޖަލްސާގައި އިއްތިހާދުގައި ހިމެނޭ ޕާޓީ ތަކުގެ އިސް ބޭފުޅުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ހިތަދޫގައިވެސް ވަނީ "ގައުމާއިގެން ކުރިއަށް" ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ކުރީގެ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ކަން ކުރެއްވި އަލީ ޚާލިދުވެސް ވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ.