Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

ވިދްޔުތްގެ "ކޮމާންޑޯ 3" ސެޕްޓެމްބަރު 20ގައި ރިލީޒް ކުރަނީ

ވިދްޔުތް ޖަމްވާލް

ވިދުޔުތް ޖަމްވާލް ތަރިއެއްގެ ގޮތުގައި ފެނިގެންދާ "ކޮމާންޑޯ" ސިލްސިލާގެ ތިންވަނަ ފިލްމު 20 ސެޕްޓެމްބަރުގައި ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ދައްކުވައިދޭ މި ހިތްގައިމު ފިލްމު ސީރީޒްގެ ކުރިން ނެރެފައިވާ 2 ފިލްމަށް ވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. މިއީ އެކްޝަން ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ބަލާލަން ވަރަށް ބަރާބަރު ފިލްމުތަކެކެވެ.

މި ފިލްމުގައި ވިދުޔުތްގެ އިތުރުން އަދާ ޝަރްމާ، އަންގިރާ ދަރް، އަދި ގުލްޝަން ދަވާއިއާ ފެނިގެންދާނެއެވެ. ވިދުޔުތު ވަނީ މި ފިލްމުގައި ކޮންމެ ކަމެއް ވެސް 3 ގުނަ ފެނިގެންދާނެ ކަމަށް ބުނެފައެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އަދިތްޔާ ދަތުއެވެ. ކުރީގެ ފިލްމުތަކާއި މި ފިލްމުގެ އެކްޝަންތައް ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެއެވެ.