Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

2019ވަނަ އަހަރު މިހާތަނަށް ނެރުނު ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ 10 ފިލްމް

ބޮލީވުޑަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ފިލްމު ބެލުންތެރިންނާއި ހަމަޔަށް ގެނެސްދޭ އިންޑަސްޓްރީއެކެވެ. ތަފާތު ވައްތަރުގެ ފިލްމުތައް ގެނެސްދޭއިރު ފާހަގަކޮށްލެވޭ އެތައް އާތަރިންތަކެއް ވެސް ފިލްމީ ދުނިޔެއަށް ނެރެ މަޝްހޫރު ކުރަމުންދާ އިންޑަސްޓްރީއެއް ވެސްމެއެވެ.

މިގޮތުން 2019 ވަނަ އަހަރުގެ ފުރަތަމަ 2 މަސް ތެރޭގައި ބޮލީވުޑްއިން ވަނީ ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހިއްސާކޮށްފައެވެ. މިގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 10 ފިލްމަށް މި ރިޕޯޓްގައި ބަލާލާނަމެވެ.

1. ގަލީ ބޯއި
މި ފިލްމަކީ މުނިފޫހިފިލުވުމުގެ ގިނަ މަންޒަރުތަކެއްގެ އިތުރުން އިންޑިއާގައި ލަވައިގެ ދުނިޔޭގައި މިހާރު މަޝްހޫރު ބައެއް ކަމަށްވާ "ރެޕް" ކުރުމުގެ ދާއިރާގައި އުޅޭ ޒުވާނުންގެ މައްޗަށް އަލިއަޅުވާލާ އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ ރަންވީރު ސިންގް އަދި އާލިއާ ބަޓްއެވެ. މީގެ އިތުރުން ވެސް ކަލްކީ ، ޕަރްމީތު ސޭތީ، ޕޫޖާ ގޯރު، އަނަންޔާ ޕާންޑޭ އަދި ވިޖޭ ރާޒް ފެނިގެންދެއެވެ.

2. އޫރީ: ދަ ސާޖިކަލް ސްޓްރައިކް
އިންޑިއާގެ ސިފައިންގެ މައްޗަށް ހަދާފައިވާ މި ފިލްމަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ވިކީ ކޯޝަލް، ޔާމީ ގޯތަމް، ކިރްތީ ކުލާރީ ހިމެނެއެވެ.

3. ލުކާ ޗުއްޕީ
މި ފިލްމަކީ ހެއްވާ މަޖާ މަންޒަރުތަކެއް ދައްކުވައިދޭ އާއިލާ އެކުގައި ތިބެގެން ވެސް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ކާރްތިކް އާރްޔަން، ކްރިތީ ސެނޯންގެ އިތުރުން އަޕަރްޝަކްތީ ކުރާނާ، ޕަންކަޖް ތްރިޕާތީ، ވިނޭ ޕާޓަކް ހިމެނެއެވެ.

4. ޖީޖީބީބީ: ގޫޕީ ގަވައްޔާ ބަގާ ބަޖައްޔާ
މި ފިލްމުގެ ތަރިންގެ ތެރޭގައި ރަޖީވް ރާޖް، މަނީޝް ބަވަން، ޝާހްނަވާޒް ޕްރަދާން، ވިޝާލް ކުމާރު، އަދި ޝެއިލެންދްރަ ޕާންޑޭ ފެނިގެން ދިޔައެވެ.

5. ސޯންޗިރިޔާ
އުނދަގޫ ދަތީ ހާލަތްތަކެއް ދައްކުވައިދޭ މި ފިލްމަކީ ގިނަ ބައެއްގެ ސަޕޯޓް ލިބިފައިވާ ފިލްމެކެވެ. މި ފިލްމުގައި ބޫމީ، ސުޝާންތު ސިންގް ރާޖްޕޫތް ލީޑް ރޯލުން ފެނިގެންދެއެވެ. މީގެ އިތުރުން މަނޯޖް ބަޖްޕާއީ، އަޝުތޯޝް ރާނާ އަދި ރަންވީރު ޝޯރޭ ފެނިގެންދެއެވެ.

6. އެކް ލަޅްކީކޮ ދޭކާތޮ އޭސާލަގާ
މިއީ މަޝްހޫރު އަނިލް ކަޕޫރު އަދި އޭނާގެ އަންހެން ދަރިފުޅު ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި އަނިލް ކަޕޫރު ފެނިގެންދަނީ ހަމަ ސޯނަމްގެ ބައްޕަގެ ރޯލުންނެވެ. މިއީ ލޯބީގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި އަނިލް ކަޕޫރު، ސޯނަމް ކަޕޫރު، ރާޖް ކުމާރު ރާއޯ، ޖޫހީ ޗައުލާ ހިމެނެއެވެ.

7. މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ
މިއީ އިންޑިއާގެ ތާރީޚީ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ކަންގަނާ ރަނައުތު، އަތުލް ކުލްކަރްނީގެ އިތުރުން ގިނަ ތަރިންތަކެއް ފެނިގެންދިޔައެވެ.

8. ދަ އެކްސިޑެންޝަލް ޕްރައިމް މިނިސްޓަރ
މި ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރެއް ކަމަށްވާ ޑޮކްޓަރ މަންމޯހަން ސިންގްގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި އަނޫޕަމް ކޭރް، އަކްޝަޔޭ ކަންނާ، ސުޒޭން ބާނާޓް އަދި އަރްޖުން މާތުރް ފަދަ ފަރާތްތައް ހިމެނެއެވެ.

9. ތަކުރޭ
މި ފިލްމުގައި ނަވާޒުއްދީން ސިއްދީގީގެ ރޯލަށް ވަނީ ވަރަށް ގިނަ ބައެއް ސަޕޯޓް ލިބިފައެވެ. މި ފިލްމުގައި އޭނާގެ އިތުރުން އަމްރިތާ ރާއޯ ފެނިގެން ދެއެވެ.

10. ވައި ޗީޓް އިންޑިއާ
މި ފިލްމުގައި ފެނިގެންދަނީ އިންޑިއާގެ ކޮލެޖްތަކުގައި ކިޔަވާ ކުދިންގެ ތެރޭގައި މާފިއާގެ ހަރަކާތްތައް ޕްރޮމޯޓް ކުރުމަށް ކުރެވޭ މަސައްކަތް ތަކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ އިމްރާން ހާޝިމީ، ޝްރެޔާ ދަވާންތަރީއެވެ.

މި ފިލްމުތަކުގެ އިތުރުން ވެސް ޓޯޓަލް ދަމާލް ފަދަ ހެއްވާ މަޖާ އެތައް ފިލްމެއް މި އަހަރު ވަނީ ފެނިގެންގޮސްފައެވެ. އެހެން ނަމަވެސް މި 10 ފިލްމަކީ މިހާތަނަށް އެންމެ ގިނަ ތަރި ހާސިލްކޮށްފައިވާ 10 ފިލްމުތައްކަން ފާހަގަކޮށްލެވެއެވެ.