Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

އެޖެންޑާ 19: އައްޑޫ ތަސައްވަރު ލޯންޗުކޮށްދެއްވާނީ ރައީސް ސޯލިހު

ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭން އެޖެންޑާ 19 "އައްޑޫ ތަސައްވަރު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޯންޗުކޮށްދެއްވާނެކަމަަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އެޖެންޑާ 19ގެ ކޮމިއުނިކޭޝަންސް ކޯޑިނޭޓަރ މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ރައީސް ސޯލިހު އާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ސޯލިހު އާއި ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިއީ ކުލަގަދަ ފޯރިގަދަ ރަސްމިއްޔާތަކަށް ވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ

ސައިފް ފާތިހް ވިދާޅުވީ އައްޑޫ އެޖެންޑާ 19 އިން ކަނޑައަޅާފައިވާ ކަންކަމުގެ ޕްރެޒެންޓޭޝަނެއް މި ރަސްމިއްޔާތުގައި ރައީސް ހުށަހަޅުއްވާނެކަމަށެވެ.

އެޖެންޑާ 19ގެ ކެމްޕެއިން އައްޑޫގައި ލޯންޗު ކުރައްވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ފެއްޓެވީ އައްޑޫންނެވެ. އެމަނިކުފާންގެ ރިޔާސީ ކެމްޕެއިން ވަދާއީ ހަފްލާވެސް ބޭއްވީ އައްޑޫގައެވެ.