Last Updated: May 1, 20:59
Thursday, May 1, 2025
މުނިފޫހިފިލުވުން

ޖޯން އަބްރަހަމްގެ "ރޯ"ގެ ޓްރެއިލާ ދައްކާލައިފި

ޖޯން އަބްރަހަމްގެ އެންމެ ފަހުގެ ފިލްމް "ރޯމިއޯ އަކްބަރް ވޯލްޓަރ (ރޯ)"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމަކީ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޖޯން އަބްރަހަމް މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމުގައި އޭނާގެ އަށް ކެރެކްޓާއެއް ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި 85 އަހަރުގެ މީހަކާއި 26 އަހަރުގެ ޒުވާނެއްގެ ރޯލުވެސް ހިމެނޭ ކަމަށާއި، މިއީ މިހާތަނަށް އޭނާ ކުޅެފައިވާ އެންމެ 'ޗެލެންޖިންގ' ރޯލު ކަމުގައިވެސް ޖޯން ބުނެފައިވެއެވެ.

ޖޯންގެ އިތުރުން މި ފިލްމްގައި ޖެކީ ޝްރޮފް އާއި އަކްޝޭ ކުމާރްގެ "ގޯލްޑް" އިން ބޮލީވުޑަށް ތަޢާރަފްވި ޓީވީ އެކްޓްރެސް މޫނީ ރޯއި ވެސް ފެނިގެންދާނެ އެވެ.

ރޮބީ ގްރެވާލް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ޕްރޮޑިއުސްކޮށްފައި ވަނީ ދީރަޖް ވާދްވަން އާއި އަޖޭ ކަޕޫރްގެ އިތުރުން ވެނެސާ ވާލިއާ އަދި ގޭރީ ގްރެވާލް އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 05 ވަނަ ދުވަހު އެވެ.