އިލެކްޝަން ކަމިޝަން (އީސީީ)ގެ މެމްބަރުކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް އިލެކްޝަން ކަމިޝަންގެ މެމްބަރު އިސްމާއިލް ހަބީބަށް ލިބިއްޖެއެވެ.
ހަބީބުއަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީން 90 ޕަސެންޓު ދީފައިވާއިރު، ކޮމިޝަންގެ މެމްބަރަކަށް އޭނާ އައްޔަން ކުރަން އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އަދި ކޮމިޓީ ރިޕޯޓުވަނީ މަޖްލިސްއަށް ފޮނުވައި މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިއެވެ.
މިހާރުވެސް ކަމިޝަންގެ މެމްބަރުކަން ކުރައްވަމުން އަންނަ ހަބީބްގެ ނަން މަޖްލިސްއިން ފާސްކޮށްފިނަމަ އާ ދައުރަކަށް ކަމިޝަންގެ މެމްބަރުކަން ލިބިގެންދާނެއެވެ
އީސީގެ މިހާރުގެ މެމްބަރުންނަކީ ހަބީބުގެ އިތުރުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.