Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ހިޔާ މަޝްރޫއުގެ ދެކޮޓަރީގެ ފްލެޓުތަކަށް ބަދަލު ގެންނަނީ

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރަމުންދާ 7000 ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ތިން ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ހިޔާ މަޝްރޫގެ ފްލެޓްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވުމަށް މިއަދު މިނިސްޓަރ މަޖްލިސްއަށް ހާޒިރު ކުރެއްވުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްތަރ އާތިފާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިމާރާތް ކުރާ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން 2 ކޮޓަރީގެ އެޕާޓްމަންޓު ހިމެނޭ ތަންތަން އިމާރާތުގެ ސްޓްރަކްޗަރައަށް ބަދަކލު ނުގެނެސް 3 ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިގޮތަށް ބަދަލު ގެންނަނީ 2 ކޮޓަރީގެ ފްލެޓަކީ 5 މީހުންގެ ޖާގައަށްކަމަށްބަލައި އެތަނުގެ ބޮޑުމިން 550 އަކަފޫޓަށް ވުރެ ކުޑަވުމުން އެތަނުގެ ޖާގަ އާއްމު ދިވެހިން އުޅެމުންދާ ތަންތަނަށް ވުރެ ކުޑަވުމުގެ ސަބަބުންނެވެ. އަދި މިގޮތަށް ބަދަލު ކުރުމުން ޖާގަ އިތުރުވެ އިތުރު ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި ބޮޑެތި މައްސަލަހުރިކަން މިނިސްޓަރ މިއަދު ފާހަގަކުރެއްވި އެވެ. އެގޮތުން އިމާރާތުގައި އެކަށީގެންވާ އަދަދަށް ލިފްޓު ނެތުމާއި ޖާގައިގެ ދަތިކަން ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ފްލެޓު ތަކުގެ ޖާގަ އިތުރުކޮށް 3 ކޮޓަރިއަށް ބަދަލު ކުރުމުން މި ތަނުގެ ބޭނުން 22907 މީހުންނަށް ލިބިގެންދާނެކަމަށެވެ.