Last Updated: July 1, 11:35
Wednesday, July 1, 2026
ކުޅިވަރު

އެފްވައިސީ މުބާރާތުގެ ގުރުލުން 10 ގައި

ސ. ފޭދޫ ގެ ޖަމިއްޔާއެއް ކަމަށްވާ ފޭދޫ ޔޫތު ކޮމިއުނިޓީ (އެފްވައިސީ) އިން އިންތިޒާމް ކުރާ "ފްލައިމީ އައްޑޫ ފުޓްސަލް ޗެލެންޖް 2013" ގެ ގުރުއަތުލުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފި އެވެ.

އެފްވައިސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގުރުލުމުގެ ރަސްމިއްޔާތު ބާއްވާނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:45 ގައި ފޭދޫ ސްކޫލްގައި ކަަމަށެވެ.

ޖުމްލަ 12 ޓީމަކުން ވާދަކުރާ މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން 18 ވަނަ ދުވަހު އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 35،000ރ. އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ފްލައި މީ އެވެ. ކޯސްޕޮންސަރަކީ އެސްޓީއޯގެ ކުރުގާ ކޮފީ އެވެ. ރިސޯޓް ޕާޓްނަރަކީ ޝަންގްރިއްލާ އެވެ.
މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކީ ވަތަނިއްޔާ އެވެ. އޮފިޝަލް ޑްރިންކަކީ ރެޑް ބުލް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "އައްޑޫ ލައިވް" އެވެ.