Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވަނީ

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ކެރިއާ ގައިޑެންސް ސެޝަނެއް އައްޑޫގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޔޫތު ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން ލަތީފް ސޮއި ކުރައްވައި މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޔޫތު މިނިސްޓްރީގެ ކެރިއާ ގައިޑެންސް ޔުނިޓުން ބާއްވާ ކެރިއާ ގައިޑެންސް އޮންނާނީ މި މަހުގެ 15-25 އަށް ކަމަށެވެ.

އެހެންވެ މި މަހުގެ 12 ގެ ކުރިން ބައިވެރިވާން އެދޭ ފަރާތްތަކުން ޔޫތު ޑިޕާޓްމަންޓްގައި ނަން ނޯޓް ކުރުމުގެ ފުރުސަރު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ޑިޕާޓްމަންޓުގެ ނަމްބަރަކީ 6892018 އެވެ.

މި ކެރިއާ ގައިޑެންސަކީ ކުރިއަށް ދާން ބޭނުންވާ ދާއިރާތަކުން ސްކޫލް ނިންމާފައިވާ ޒުވާނުންނަށާއި މިހާރު ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް މައުލޫމާތު އިތުރަށް މައުލޫމާތު ފޯރުކޮށް ދިނުމަށް ބާއްވާ ސެޝަނެކެވެ.