Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

ކެންޑިޑޭޓުގެ ނަމުގެ އިތުރުން އާންމު ނަމެއް ވޯޓު ކަރުދާހުގައި ޖެހުމަށް ހުއްދަ ދީފި

އިލެކްޝަންސް ކޮމިޝަން - ފޮޓޯ: ރާއްޖެއެމްވީ

ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ އަސްލު ނަމުގެ އިތުރުން އާންމު ނަމެއް ޖެހުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އީސީ އިން މިއަދު ކުރި ޓްވީޓެއްގަ އެވެ.

އެގޮތުން އެ ޓްވީޓްގައި އީސީ އިން ބުނެފައި ވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ފުރިހަމަ ނަމުގެ އިތުރުން ޢާންމު ނަމެއް ޖެހުމުގެ ހުއްދަ ދިނުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ 06 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 87 ދާއިރާއަކަށް 393 ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދު 264،589 އަށް އަރައެވެ.