އިންޑިއާގެ މުމްބާއީގައި މިއަދު ފަށާ ގްލޯބަލް އިކޮނޮމިކް ފޯރަމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އިންޑިއާއަށް ވަޑައިގަންނަވައިފިއެވެ.
އޯލް އިންޑިޔާ އެސޯސިއޭޝަން އޮފް އިންޑަސްޓްރީޒް (އޭއައިއޭއައި) އިން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން މި މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ބާއްވާ މި ސަމިޓުގައި އަމީރު ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭއާއޭއާއި އަކީ ވިޔަފާރި އާއި އިގްތިސާދު ކުރިއެރުވުގެ މަގްސަދުގައި އުފައްދާފައިވާ އެސޯސިއޭޝަނެކެެވެ.
އަމީރުވަނީ މިދިޔަ ޑިސެމްބަރ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ރަސްމީ ދަތުރުފުޅެއް އިންޑިއާއަށް ކުރައްވާފައެވެ. މި ދަތުރުފުޅުގައި އިންޑިއާގެ އިންވެެސްޓަރުންނާއި ވިޔަފާރިވެރިންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އިންޑިއާއިން ވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް 1.4 ބިލިއަން ދިނުމަށް އެއްބަސްވެފައެވެ.